Dec 19, 2024
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީ އޮމަދޫއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ޑިސެމްބަރ 15 ވީ އާދީއްތަ ދުވަހު އަރިއަތޮޅު ދެކުނުބުރީ އޮމަދޫއަށް ވަނީ ވަޑައިގެންފައެވެ. މިދަތުރުފުޅުގައި އޮމަދޫގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީީގެ މެމްބަރުންނާ ވަނީ ބައްދަލުކޮއް ރަށުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، 2025 ވަނަ އަހަރުގެ ކުރީކޮޅު އޮމަދޫގެ ބަނދަރު މަރާމާތުގެ މަސައްކަތް އަލުން ފަށާނެކަމަށާއި، ގިރާ ޞަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ފަށާނެކަމަށާއި، ސުކޫލުގެ މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެކަމަށާއި އަދި ޞިއްޙީ މަރުކަޒުގެ ޢިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވަނެކަމަށް ވަނީ ވިދާޅުވެފައެވެ.
