Nov 09, 2024

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލުން މިރަށަށް ތަޖުރިބާ ދަތުރެއް ކުރައްވައިފި

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލުން ވަނީ 2024 ނޮވެމްބަރ 09 ވަނަ ދުވަހު (މިއަދު) މިރަށަށް ތަޖުރިބާ ދަތުރެއް ކުރައްވާފައެވެ. ދަތުރުވެރިންނަށް މަރުޙަބާ ދެންނެވުމަށް މިކައުންސިލްގެ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން އިދާރީ މުވައްޒިފުން ބައިވެރިވެފައިވެއެވެ.

މިދަތުރުގައި ދެކައުންސިލްގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، މިރަށުގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި އަދި ޙާއްސަ ބައެއް ތަންތަންވަނީ ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ކުނި މެނޭޖް ކުރާ މަރުކަޒާއި، އަދި މުއައްސަސާތަކުގެ އިތުރުން ރަށުގައި ޓޫރިޒަމްއަށް

ޙާއްސަ ތަންތަންވަނީ ބައްލަވާފައެވެ.