Sep 26, 2024
މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން މިރަށަށް ތަޖުރިބާ ދަތުރެއް ކުރައްވައިފި

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން ވަނީ 2024 ސެޕްޓެމްބަރ 23 ވަނަ ދުވަހު މިރަށަށް ތަޖުރިބާ ދަތުރެއް ކުރައްވާފައެވެ. ދަތުރުވެރިންނަށް މަރުޙަބާ ދެންނެވުމަށް މިކައުންސިލްގެ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން އިދާރީ މުވައްޒިފުން ބައިވެރިވެފައިވެއެވެ.
މިދަތުރުގައި މިރަށުގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި އަދި ޙާއްސަ ބައެއް ތަންތަންވަނީ ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ކުނި މެނޭޖް ކުރާ މަރުކަޒާއި، އަދި މުއައްސަސާތަކުގެ އިތުރުން ރަށުގައި ޓޫރިޒަމްއަށް ޙާއްސަ ތަންތަންވަނީ ބައްލަވާފައެވެ.
