Sep 05, 2024
މުލަކުއަތޮޅު އަތޮޅު ކައުންސިލުން މިރަށަށް ތަޖުރިބާ ދަތުރެއް ކުރައްވައިފި

މުލަކުއަތޮޅު އަތޮޅު ކައުންސިލުން މިރަށަށް މިއަދުވަނީ ތަޖުރިބާ ދަތުރެއް ކުރައްވާފައެވެ. ދަތުރުވެރިންނަށް މަރުޙަބާ ދެންނެވުމަށް މިކައުންސިލްގެ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން އިދާރީ މުވައްޒިފުން ބައިވެރިވެފައިވެއެވެ.
މިދަތުރުގައި މިރަށުގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި އަދި ޙާއްސަ ބައެއް ތަންތަންވަނީ ބައްލަވާލައްވާފައެވެ. އޭގެ ތެރޭގައި ރަށުގައި ޤާއިމް ކުރަމުންދާ ފެނުގެ ނިޒާމާއި، ކުނި މެނޭޖް ކުރާ މަރުކަޒާއި، އަދި މުއައްސަސާތަކުގެ އިތުރުން ރަށުގައި ޓޫރިޒަމްއަށް ޙާއްސަ ތަންތަންވަނީ ބައްލަވާފައެވެ.
