Sep 04, 2024

1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފި

މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6:00 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ކައުންސިލް މެމްބަރު ޝަޒިއްޔާ އިސްމާޢީލެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ މެމްބަރުންނާއި މުވައްޒިފުންގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.