Aug 15, 2024
ވިއްސާރާގައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުން

އދ. އޮމަދޫއަށް ރޭގައިކުރި ވިއްސާރާގައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑު ވުމާ ގުޅިގެން އެ ސަރަހައްދުތަކުގައި ކާނު ހަދައި ފެންހިންދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މިކަމުގައި ސްޓެލްކޯ، ޕޮލިސް ޕޯސްޓް އަދި އާންމުންގެ އެހީތެރިކަން ލިބިފައިވެއެވެ.
މޫސުންގޯސްވެ ވާރޭވެހި ފެން ބޮޑުވާ ހާލަތްތަކުގައި ކައުންސިލްގެ މަސައްކަތު ތާވަލުގައި ވާގޮތަށް ފެން ބޮޑުވިޔަ ނުދިނުމަށް ކައުންސިލުން އިސްނަގައިގެން ވަރަށް ގިނަ ކަން ކަން މިހާތަނަށް ކުރެވިފައިވެއެވެ. އޭގޮތުން ފެން ބޮޑުވާ ސަރަހައްދުތަކަށް ވެލި އެޅުމާއި ފެން ބޮޑުވާ ސަރަހައްދުތަކުން ފެން ހިންދާނެ ނިޒާމު ގާއިމްކުރުން ހިމެނެއެވެ.