މިރަށު މަސްޖިދުލް ހުދާގެ ވޯކްވޭ ތަކުގައި މުށިބަދަލުކުރުމާއި ހިޔާކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް
މިރަށު މަސްޖިދުލް ހުދާގެ ވޯކްވޭ ތަކުގައި މުށިބަދަލުކުރުމާއި ހިޔާކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތައް ހުށައެޅޭނެ އެންމެ ބޮޑު އަގަކީ -/15000 (ފަނަރަހާސް) ރުފިޔާއެވެ. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއި އެކު އެއްހީރަސްކުރެވިފައިވާ އަގުބަލާ ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ 2024 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލްގެ މެއިލް (esms@omadhoo.gov.mv) މެދުވެރިކޮށް ސުވާލު ހުށައެޅުން އެދެމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާ އަގު ބަލާ ފޯމް ފުރިހަމަ ކުރުމަށްފަހު 2024 ޑިސެމްބަރ 12ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުން އެދެމެވެ.